ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ބަދަލުކުރުމުގައި ސަރުކާރާއި މޭޔަރުގެ ކޯޅުމަކަށް!

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ބަދަލުކުރުމުގައި ސަރުކާރާއި މޭޔަރުގެ ކޯޅުމަކަށް!

Author
އައިޝަތު އަޙްމަދު
22 ޑިސެމްބަރ 2025 08:48
0

ހުޅުމާލެ 1 ގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން ބޭނުން ނުވެގެން މި މައްސަލަ ލަސްވަމުންދާ ކަމަށެވެ.

މި މައްސަލައިގައި ސިޔާސީ ހަމަލާތައް ވަރުގަދަވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު މީޑިއާއަށް ވިދާޅުވީ މި ހިދުމަތް ބަދަލުކުރުން ލަސްވަނީ ރައީސް ބޭނުންފުޅު ނުވާތީ ކަމަށެވެ. މޭޔަރު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ޓައިމްލައިންގައި ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށާއި އެޗްޑީސީއާ އެކު މަޝްވަރާތައް ކޮށްފައިވާ ކަން ދައްކާފައި ވެއެވެ.

އެކަމަކު ސިޓީ ކައުންސިލްގެ ޕީއެންސީގެ ކައުންސިލަރުން މޭޔަރުގެ ވާހަކަތައް ދޮގުކޮށް ވިދާޅުވީ މި މައްސަލަ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވައި ވޯޓެއް ނުނަގާ ކަމަށެވެ. ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ އިހުލާސްތެރި ނިޔަތެއް މޭޔަރަށް އޮތް ނަމަ ކައުންސިލްގެ ވޯޓަކާ އެކު މި ކަމަށް އަމަލީ ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒުގެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރު އިބްރާހިމް މުހައްމަދު ވިދާޅުވީ މޭޔަރު ކަނޑައެޅިގެން މިފަދަ ދޮގު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.