ސިއްދީގު އެންޑީއޭގެ ޗެއާމަނަކަށް އައްޔަންކޮށްފި

ސިއްދީގު އެންޑީއޭގެ ޗެއާމަނަކަށް އައްޔަންކޮށްފި

Author
އަލީ ރައޫފް
22 ޑިސެމްބަރ 2025 10:26
0

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަންގެ މަގާމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު އައްޔަންކުރައްވައިފި އެވެ.

ސިއްދީގު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެ އެވެ. އައްޔަންކުރެއްވުމަށްފަހު ސިއްދީގު ވަނީ އެންޑީއޭގެ ސީނިއާ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފަ އެވެ. މި މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އެ މީހުން މުޖުތަމައަށް އަނބުރާ ނެރުމަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭގެ މައިގަނޑު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.