ރިސޯޓުތަކުން މޫދަށް ކުނިއަޅާ މައްސަލާގައި ކަމާގުޅޭ އިދާރާތައް ކޮމެޓީއަށް

ރިސޯޓުތަކުން މޫދަށް ކުނިއަޅާ މައްސަލާގައި ކަމާގުޅޭ އިދާރާތައް ކޮމެޓީއަށް

Author
ޢަލީ އާދަމް
09 ޖެނުއަރީ 2021 05:40
0

ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ.

މީގެ އިތުރުން އެކޮމިޓީގެ މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް އޭޑީބީން ފަންޑު ކުރުމަށް ނިންމާފައިވާތީ އެކަމާގުޅުން ހުރި އިދާރާތަކާއި ބައްދަލުކުރުމަށްވެސް ފާސްކޮށްފައެވެ.

އެ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުއިން ބާރު ލިބިގެން ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރުމަށް ފާސްކޮށްފައެވެ.

އަދި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބެންކު (އޭޑީބީ)އިން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ އަދި ތިމާވެއްޓާބެހޭ މާހިރުންނާ ބައްދަލުކުރައްވާ މަޝްވަރާކުމަށްވެސް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.