ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރުމަށް ދަރިވަރުން ކުރި މުޒާހަރާތަކުގެ ލީޑަރަކު މަރުވުމާ ގުޅިގެން އެ ގައުމުގައި އަނެއްކާވެސް ހަމަނުޖެހުން ފެށިއްޖެއެވެ. 32 އަހަރުގެ ޝަރީފް އުސްމާން ހާދީ މަރުވީ ޑާކާގެ މިސްކިތަކުން ނުކުމެގެން ދަނިކޮށް މޫނު ފޮރުވައިގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާއަކުންނެވެ. އޭނާ މަރުވީ ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 12 ވަނަ ދުވަހުއެވެ.
އޭނާގެ މަރާ ގުޅިގެން ފެށުނު ހަމަނުޖެހުންތަކުގައި އިންޑިއާއާ އެއްކޮޅަށް ޚަބަރުތައް ގެންނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ޕްރޮތޮމް އަލޯ އާއި ޑެއިލީ ސްޓާ ނޫހުގެ އޮފީހަށް މުޒާހަރާ ބައިވެރިން ހުޅުޖަހައިފިއެވެ. ހަސީނާ މިހާރު ހުންނެވި އިންޑިއާގެ ހައި ކޮމިޝަންގެ އިމާރާތަށާއި އޭނާގެ އަވަހާރަވި ބައްޕަ ޝެއިޚް މުޖީބުއް ރަހުމާންގެ ގެއަށާއި އަވާމީ ލީގުގެ އޮފީހަށްވެސް ގެއްލުންދީފައިވެއެވެ. މުޒާހަރާ ބައިވެރިން ގޮވާލަނީ ހާދީއަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.
ފުލުހުން ވަނީ އެ ހަމަލާގައި ޝައްކުކުރެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މީހަކަށް 42،000 ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ. މިހާތަނަށް 20 މީހަކު ހައްޔަރުކޮށްފައިވާއިރު، ވަގުތީ ސަރުކާރުން ވަނީ އަނިޔާވެރިކަމާއި ހުޅުޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ