ކަށިމިޔަރު މަސްވެރިކަން ހުއްދަކުރުން ބާތިލްކުރަން އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ކަށިމިޔަރު މަސްވެރިކަން ހުއްދަކުރުން ބާތިލްކުރަން އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

Author
އަހުމަދު
18 ޑިސެމްބަރ 2025 06:51
0

ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުން ހުށަހެޅި މި މައްސަލަ ބޭރުކުރީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ. މި މައްސަލަ ބޭރުކުރީ ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް ނުވާ ކަމަށް ކަނޑައަޅައިގެންނެވެ.

ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި ގަވާއިދާއި ޕްލޭން އާންމުކުރި އެވެ. މި ނިންމުމާ ދެކޮޅަށް ރާއްޖެ އާއި ބޭރު ގައުމުތަކުގެ 60 ޖަމިއްޔާއަކާއި 50 ސައިންޓިސްޓުންގެ ސޮއި ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ. ރާއްޖޭގައި މިޔަރު ހިމާޔަތްކޮށް މަސްވެރިކަން މަނާކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.