ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި އިޚުތިޔާދު ކުރާ ދާއިރާއަށް ހުރަސް އެޅައި ނިގުޅަިއ ގަތުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުން ރިޓަޔާ ކުރައްވާފައިވާ ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ޑރ.އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅުއްވައިފައި ވަނިކޮށް މިއަދު ކުރެއްވި ކުރު ޓްވީޓްގައި ވިދާޅުވީ ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ޙައްގު ލިބިގެންވާކަމަށެވެ. އޭނާ ކުރިއަށްދާ ދާއިރާއަކަށް ހުރަސް އަޅައި، ހައްގު ނިގުޅައިގަތުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް ފައިރޫޝް ވިދާޅުވިއެވެ.
އަޅުގަނޑަށް އަޅުގަނޑު ބޭނުން ދާއިރާއެއް އިޚްތިޔާރު ކުރުމުގެ ހައްޤު ލިބިގެންވޭ. އެއްވެސް މީހަކަށް އެހައްގު ނިގުޅައިގަތުމުގެ ހައްގެއް ނޯންނާނެ.
– ފައިރޫޝް ވިދާޅުވިއެވެ.
I am free to choose a profession of my choice. No official can snatch away that right.
— Fairoosh (@fairoosh) January 9, 2021
ޑރ.ފައިރޫޝްވަނީ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް މީގެ 6 މަސް ކުރިން ސިޓީ ހުށަހަޅާފައެވެ. ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ފައިރޫޝް މިހާރު ވަނީ އޮސްޓްރޭލިއާ އަށް ވަޑައިގެންފައެވެ. އަދި އޭނާ ގެންދަވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގައި ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރައްވަމުންނެވެ.
ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފްވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަޖިލިސް ރައީސް ވަނީ ފުލުހުންގެ އާ ޤާނޫނު އެކުލަވާލައި ތަސްދީޤު ކުރައްވާފައި ވަނިކޮށް، ޤާނޫނަށް އަމަލު ކުރައްވަން ނުފައްޓަނީވެސް އިތިއުފާ ނުދެއްވޭނެކަމަށް ވިދާޅުވެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން ދެން ރިޓަޔާ ކުރައްވާނަމަ ރިޓަޔާ ކުރައްވަން ޖެހޭނީ އާ ޤާނޫނުގެ ދަށުންނެވެ.
ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ. ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.
ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ