މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅާ ދެކޮޅަށް މިލިއަން ރުފިޔާގެ ބޯޓެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. "މިހިރީ ނަންބަރު 5″ ނަމަކަށް ކިޔާ ބޯޓެއް ގަތުމަށް 3.6 މިލިއަން ރުފިޔާ ކައިޒީން ބައްޕައަށް ހަވާލުކުރި ކަމަށާއި، އެކަމަކު އެ ބޯޓު ރަޖިސްޓްރީ ކުރީ ބައްޕަގެ ނަންމަތީގައި ކަމަށް މައްސަލާގައި ބުނެފައިވެއެވެ.
ކައިޒީން ބުނިގޮތުގައި، އޭނާގެ ރުހުމާނުލައި ބައްޕަގެ ނަންމައްޗަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވީނަމަވެސް، ބޯޓުގެ ފައިސާ ދައްކައި މިލްކުވެރިވީ އޭނާކަމުން، ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަންމައްޗަށް ބަދަލުކޮށްދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
މި މައްސަލަ ކުރިން ސިވިލް ކޯޓާއި ހައިކޯޓުގައި ވެސް ހުށަހަޅާފައިވެއެވެ. ހައިކޯޓުން އެންގީ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ކަމަށްވީނަމަވެސް، ކައިޒީން އެކަން ގަބޫލު ނުކޮށް ނިންމީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ