ސަރުކާރު ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓު އިތުރުވެއްޖެ

ސަރުކާރު ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓު އިތުރުވެއްޖެ

Author
އަހުމަދު
15 ޑިސެމްބަރ 2025 07:10
0

ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގައި ސަރުކާރު ކުންފުނިތަކުން ހޯދި ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓު އިތުރުވެއްޖެއެވެ.

މި ދައުރުގައި ސަރުކާރު ކުންފުނިތަކުން ޖުމްލަ 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 9 ޕަސެންޓުގެ ދަށްވުމެކެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދީ އެސްޓީއޯ އިން ކަމަށްވާ 4.02 ބިލިއަން ރުފިޔާއެވެ.

ޓެކްސާއި އެކިއެކި ހަރަދުތައް ކެނޑުމަށްފަހު ސަރުކާރު ކުންފުނިތަކަށް 1.76 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ. އެންމެ ބޮޑު ސާފު ފައިދާއެއް ހޯދީ އެމްއޭސީއެލް އިން ކަމަށްވާ 572 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އެސެޓްތައް މިދިޔަ އަހަރުގެ 186.59 ބިލިއަން ރުފިޔާއިން 205 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މި ކުންފުނިތަކުގައި މިހާރު 37،900 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.