މާނުގެ ރިޝްވަތުގެ މައްސަލަ ހައިކޯޓަށް

މާނުގެ ރިޝްވަތުގެ މައްސަލަ ހައިކޯޓަށް

Author
އަހުމަދު
15 ޑިސެމްބަރ 2025 12:25
0

ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މާނުގެ މައްޗަށް ދައުވާ އުފުލީ ޕީޕީއެމްގެ ވެރިކަމުގައި އޭނާ މޯލްޑިވް ގޭސްގެ އެމްޑީ ކަމުގައި ހުންނެވި 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއްގެ ހުކުމް އިއްވީ މި އަހަރުގެ 29 ސެޕްޓެމްބަރުގައެވެ. ކޮންމެ ދައުވާއަކަށް ކޯޓުން އިއްވީ ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށްވާތީ، މާނުއަށް ޖުމްލަ 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ.

ހައިކޯޓަށް މި މައްސަލަތައް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލާގައި އޭނާގެ މައްޗަށް އުފުލި އިތުރު ފަސް ދައުވާއެއްގެ މައްސަލަ ނުނިމި ކްރިމިނަލް ކޯޓްގައި އެބައޮތެވެ. އެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނީ މަޑު ދުވެލީގައެވެ. މީގެކުރިން މޯލްޑިވްސް އިސްލާމިކް ބޭންކަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ 6 މަސްތެރޭގައި ދައްކަން މާނުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.