ވަރީގެ މައްސަލައެއްގައި ހާޒިރު ނުވި ފަރާތެއް ހޯދަން ފެލިދޫ ކޯޓުން އިއުލާން

ވަރީގެ މައްސަލައެއްގައި ހާޒިރު ނުވި ފަރާތެއް ހޯދަން ފެލިދޫ ކޯޓުން އިއުލާން

Author
އަހުމަދު
14 ޑިސެމްބަރ 2025 03:21
0

ވަރީގެ މައްސަލައަކާ ގުޅިގެން ފެލިދޫ ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ފަރާތެއް ހާޒިރު ނުވެގެން ކޯޓުން އިއުލާން ކޮށްފިއެވެ. ކޯޓުން އިއުލާން ކޮށްފައިވަނީ ހދ.ކުމުންދޫ ފިރިހެނެކެވެ.

ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރަން ބޭނުންވެފައިވާއިރު، ކުރިން އެންގި ގަޑީގައި ހާޒިރުވެފައި ނުވާކަން ފެލިދޫ ކޯޓުން މިއަދު ކުރި އިއުލާނުގައި ބުންޏެވެ. އެހެންކަމުން، މި މަހުގެ 22 ވަނަ ދުވަހުގެ 10:00 ގައި އޭނާގެ ރަށް ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އިއުލާނުގައި އަންގައިފައިވެއެވެ. އެ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަމުގެ އިންޒާރު ވެސް ކޯޓުން ވަނީ ދީފައެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރިގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމުގައި ވީނަމަވެސް، ވަރީގެ މައްސަލަތަކުގައި ހާޒިރު ނުވެގެން ކޯޓުން މިފަދައިން އިއުލާން ކުރުމަކީ އާއްމުކޮށް ދިމާވާ ކަމެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.