ސީޝެލްސް އިން ފުރައިގެން ރާއްޖެ އައި ޕެސެންޖާ ލައިނާ "އެމްއެސް ލުމިނާރާ" މިއަދު ހެނދުނު މާލެ ކައިރިއަށް ބަނދަރުކޮށް، ކަސްޓަމްސް އިން ކްލިއަރެންސް ދީފިއެވެ. މި ބޯޓުގައި 159 ފަތުރުވެރިންނާއި 372 ކުރޫއިން ހިމެނެއެވެ.
މިއީ މި ސީޒަނުގައި ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާއެވެ. ފުރަތަމަ ކްރޫޒްލައިނާ "އަޒަމަރާ ޕާސުއިޓް" އައީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ބޯޓުގައި 649 ފަސިންޖަރުންނާއި 396 ކްރޫއިން ތިއްބެވެ.
ކްރޫޒް ސީޒަން ފެށިފައިވާއިރު، ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުގެ ކަންބޮޑުވުން މާޔާގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. ހުއްދަ ދީފައިވާ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، ފަތުރުވެރިން ބާލާނެ ގޮތެއް ނެތްކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ