ޖަޕާނުގެ އުތުރު-އިރުމަތީ ސަރަޙައްދަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެ ގަޑިން 02:44 (ޖީއެމްޓީ) ގައި، 20 ކިލޯމީޓަރު (12.4 މޭލު) ފުނުގައެވެ. އަދި އޭގެ ފަހުން ކުދި ބިންހެލުންތަކެއް ވެސް އައިސްފައިވެއެވެ.
އެ އެޖެންސީން ވަނީ ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް ސުނާމީ އެލާޓް ނެރެފައެވެ. އެގޮތުން އެއް މީޓަރު (3.3 ފޫޓު) އާ ހަމައަށް ރާޅު އުފުލިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
މި ބިންހެލުން އައިސްފައި މިވަނީ މި ހަފުތާގެ ކުރީކޮޅު ހަމަ އެ ސަރަޙައްދަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، އެތައް ބަޔަކަށް އަނިޔާވެފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ