ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރި ނިންމުން ބާތިލްކުރުމަށް އެދި ތިމާވެށީގެ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. މިދިޔަ އޮކްޓޯބަރުގައި ސަރުކާރުން އާންމުކުރި މި އުސޫލުގެ ދަށުން އަހަރަކު ގިނަވެގެން ހަތް މަސް ދުވަހު، 40 އުޅަނދަށް ލައިސަންސް ދީގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވެ އެވެ.
މި ނިންމުމާ ދެކޮޅަށް ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ތިމާވެއްޓާއި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ވެސް ލިބޭނެ ގެއްލުމެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިޔަރު އޮތީ ހިމާޔަތްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ