މެރިކަލްޗަރ ވިޔަފާރިއަށް 200 މޫދުކޮށި ގަތުމަށް ފައިނޭންސް ކުރަން ފަށަނީ

މެރިކަލްޗަރ ވިޔަފާރިއަށް 200 މޫދުކޮށި ގަތުމަށް ފައިނޭންސް ކުރަން ފަށަނީ

Author
އަހުމަދު
10 ޑިސެމްބަރ 2025 04:15
0

މެރިކަލްޗަރ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މެރިކަލްޗަރ ފައިނޭންސިން ސްކީމްއެއް އިފްތިތާހުކޮށްފިއެވެ. މި ސްކީމްގެ ދަށުން ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލުއިފަސޭހަ އިސްލާމީ އުސޫލުތަކުގެ ދަށުން މާލީ އެހީތެރިކަން ލިބޭނެއެވެ.

މި ސްކީމަށް އެދި ހުށަހެޅުން www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް 13 ޑިސެންބަރު 2025 ގައި ހުޅުވާލާނެއެވެ. މި ޕްރޮގްރާމްގެ ދަށުން މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އިންނެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ސްކީމަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ތައާރަފްކުރި ސްކީމްއެއް ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.