ބޮޑުތަކުރުފާނު މަގުގެ ހަތަރު ލޭން ރޯޑުގެ ފުރަތަމަ ބައި ހުޅުވައިފި

ބޮޑުތަކުރުފާނު މަގުގެ ހަތަރު ލޭން ރޯޑުގެ ފުރަތަމަ ބައި ހުޅުވައިފި

Author
އަހުމަދު
08 ޑިސެމްބަރ 2025 08:24
0

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި މިއަދު އާއްމުންނަށް ހުޅުވާލައިފިއެވެ. 144 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ހިނގާ މީހުންގެ ލޭން، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްތައް ވަނީ ނިންމާފައެވެ.

މި އަހަރުގެ އޭޕްރީލްމަހު އެމްޓީސީސީއާ ހަވާލުކޮށް، އޮގަސްޓް 21 ގައި ފަށާފައިވާ މި މަޝްރޫއުގެ ދެވަނަ ބައިގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަސްމާރުކޭޓް ސަރަހައްދުން ފެށިގެން އެމްޕީއެލް އާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ރޯދަ މަހުގެ ކުރިން ނިންމާލުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުން މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވުމުން، ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.