2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު މަރަން ހުކުމްކޮށްފިއެވެ. އޭނާ މަރަން ހުކުމްކުރީ އާގިލްގެ ވާރިސުން ގިސާސް އެދުމުންނެވެ.
މި ހާދިސާ ހިނގީ އެދުވަހުގެ ރޭ 7:30 ހާއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗު އެމްއެމްއޭ ކައިރީގެ ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްވުމުން އާގިލަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ހަމަލާދިނުމަށްފަހު އެރޭ 8:59 ހާއިރު އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އާގިލް ވަނީ ނިޔާވެފައެވެ.
މި މައްސަލައިގައި ދައުލަތުން ހަމްދޫންގެ އިތުރުން ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމާއި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ދައުވާކުރިނަމަވެސް ކުށް ސާބިތުވީ ހަމްދޫންގެ މައްޗަށް އެކަންޏެވެ.
ކޮމެންޓު ފޮނުވާ