ޤާނޫނުގައި އަދި ރަދީފުގައި ވެސް ގެއަކީ ޖަލުގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއް ނޫން ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ދައުލަތުން ހަމަހަމަ ކަމާއިއެކު މައްސަލަތަކުގައި ދައުވާ އުފުލުމާއި، ދައުވާ ކުރުމަށް އިސްކަންދޭ ކަމަށް ޕީޖީ ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ ކޯޓުން ޖަލު ހުކުމެއް އިއްވުމުން، އެހުކުމް ގޭގައި ތަންފީޒު ކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި ހުކުމްކޮށް ގޭގައި ބަހައްޓައިގެން އުޅޭ ސަބަބު ސިއްރުކޮށް، އެކަމުގެ މައުލޫމާތު ހާނުކުރަން އުޅުމަކީ ހަމަހަމަ ކަމުގެ ވާހަކަ ދައްކަން މިއަދު ލަދު ގަންނަންޖެހޭ ކަމެއްކަމަށް ހައިލްމަ ވިދާޅުވިއެވެ.
ކޯޓުން ޖަލަށްލުމަށް ޙުކުމް ކުރެއްވި ބަޔަކު، މުއްދަތެއް ނެތް ގޮތަށް ގެއަށް ބަދަލުކޮށް، އެކަމާ ގުޅޭ މަަޢުލޫމާތު ސިއްރުކޮށްގެން ހުރެ ހަމަހަމަކަމާއި ހާމަކަމުގެ ވާހަކަ ނުދައްކަވާށޭ! ޤާނޫނުގައި އަދި ރަދީފުގައި ވެސް ގެއަކީ ޖަލުގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއް ނޫން.
– ހައިލަމް ވިދާޅުވިއެވެ.
ކޯޓުން ޖަލަށްލުމަށް ޙުކުމް ކުރެއްވި ބަޔަކު، މުއްދަތެއް ނެތް ގޮތަށް ގެއަށް ބަދަލުކޮށް، އެކަމާ ގުޅޭ މަަޢުލޫމާތު ސިއްރުކޮށްގެން ހުރެ ހަމަހަމަކަމާއި ހާމަކަމުގެ ވާހަކަ ނުދައްކަވާށޭ!
ޤާނޫނުގައި އަދި ރަދީފުގައި ވެސް ގެއަކީ ޖަލުގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއް ނޫން. https://t.co/CkDmaEw4mP— Ahmed Hailam (@AhmedHailam) January 8, 2021
ހައިލަމް މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތް ހިންގައިގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ގޭ ބަންދުގެ ލުއި ދިނުމާ ގުޅުން ހުރި މައުލޫމާތުތަކެއް ހޯދަން ނޫސްވެރިން ސުވާލުކުރުމުން އެއިން އެއްވެސް މައުލޫމާތެއް ހާމަކުރަން ހޯމް މިނިސްޓްރީން އިންކާރުކޮށްފައި ވަނިކޮށެވެ.
އަދީބު ގޭގައި ބަހައްޓަން ޖެހެނީ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދަން ޑޮކްޓަރު ލަފާދީފައިވާތީ އާއި އެ މެޝިން ޖަލު ތެރޭގައި ބޭނުން ނުކުރޭވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި ޚިޔާނަތަށް ޝަރީއަތުގައި އިއުތިިރާފުވެވަޑައިގެންފައިވާ އަދީބު ހުޅުމާލޭ އެޕާޓްމެންޓެއްގައި ދިރިއުޅުއްވަމުން ގެންދަވާ އިރު އޭނާގެ ސެކިއުރިޓީ ބަލަހައްޓަން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބެ އެވެ.
ކޮމެންޓު ފޮނުވާ