ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯއެއް ބާއްވަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނިންމައިފި އެވެ.
މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ މި ޝޯ އިންތިޒާމު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ބުންޏެވެ. މި މަސްރޫއާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހ. ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާގައި ސެޝަނެއް އޮންނާނެ އެވެ.
މިދިޔަ އަހަރު ވެސް ވިޒިޓް މޯލްޑިވްސް އިން އާ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯއެއް ބާއްވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ