ކައުންސިލަރުން ވަގުތުން ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް

ކައުންސިލަރުން ވަގުތުން ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް

Author
އަހުމަދު
02 ޑިސެމްބަރ 2025 04:02
1

ލާމަރުކަޒީ ޤާނޫނަށް ގެނައި 17 ވަނަ އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤުކުރެއްވުމާ އެކު، ކައުންސިލަރުންނާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިއްޖެއެވެ.

މި އިސްލާހުގައި ބުނާ ގޮތުން، އެލްޖީއޭއަށް ފާހަގަކުރެވޭ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ކައުންސިލަރުންނާއި ކައުންސިލް ރައީސުންނާއި މޭޔަރުންނާ މެދު ވެސް ވަގުތުން ފިޔަވަޅު އެޅިދާނެއެވެ.

ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލުގައި މި މާއްދާ ހިމެނިފައެއް ނުވެއެވެ. މި ބާރު އެލްޖީއޭއަށް ދިނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމުގެ ތެރޭގައެވެ.

ސަރުކާރު މެންބަރުން ވިދާޅުވާ ގޮތުގައި، ކުރިން އޮންނަ ގޮތުން ކައުންސިލަރަކު ކޮންމެ ކުށެއް ކުރިޔަސް ފުރަތަމަ ދެވެނީ ހަމައެކަނި ނަސޭހަތެވެ. އިތުރު ފިޔަވަޅެއް އެޅެނީ އެ ކުށް ތަކުރާރުކުރީމައެވެ. އެހެންކަމުން މި ބަދަލު ގެނައީ އެ މައްސަލަ ހައްލުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.