ދުނިޔޭގެ އެންމެ ބޮޑެތި ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުތަކުގެ ތެރެއިން އެއް ޑްރެޖަރު ކަމުގައިވާ "ކްރިސްޓޯބަލް ކޮލޯން" ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖާން ޑެ ނަލް ކުންފުނީގެ މި ޑްރެޖަރާއެކު ރަސްމާލެ ބިން ހިއްކުމުގެ ދުވެލި ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި ސައްތައިން ސައްތަ ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ ފަސް މަސް ތެރޭ ރަސްމާލެއިން 15،000 ގޯތި ދޫކުރަން އިއުލާންކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ގޯތިތައް ދޫކުރުމުގައި އިސްކަންދެއްވާނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ފެށި މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފަ އެވެ.
ކޮމެންޓު ފޮނުވާ