ސްރީލަންކާއަށް މިދިޔަ ހަފްތާއިން ފެށިގެން ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 56 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ ކާރިސާއެވެ.
ބަޑުއްލާ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެކަނިވެސް 21 މީހުން މަރުވެފައިވާއިރު، މި ކާރިސާގެ އަސަރު 44،000 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 20،500 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ތޫފާން ދިޓްވާއާ ގުޅިގެން މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ތިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން އުސް ތަންތަނަށް ބަދަލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވެރިރަށް ކޮލޮމްބޯ ހިމެނޭ ގޮތަށް ކެލާނީ ކޯރުގެ ތިރީ ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ރަތް އިންޒާރު ނެރެފައިވާއިރު، ބައެއް މުހިންމު މަގުތައް ބަންދުކޮށް ރޭލު ދަތުރުތައްވެސް ވަނީ ހުއްޓާލާފައެވެ.
ކޮމެންޓު ފޮނުވާ