ރިސޯޓު ރޭޕް މައްސަލަ: ރޭޕެއް ނުކުރޭ، ނުގަބޫލުގައި ގަޔަށް އަތްލަން މަސައްކަތްކޮށްފައިވޭ

ރިސޯޓު ރޭޕް މައްސަލަ: ރޭޕެއް ނުކުރޭ، ނުގަބޫލުގައި ގަޔަށް އަތްލަން މަސައްކަތްކޮށްފައިވޭ

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 10:47
0

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ރިސޯޓްގައި، 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ތަހުގީކުރި ކުރުމުން ރޭޕްކޮށްފައި ވާކަމުގެ އެއްވެސް ހެތްކެތް ނެތްކަމަށާއި، ނަމަވެސް ގަޔަށް އަތްލަން މަސައްކަތް ކޮށްފައިވާކަމުގައި އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރެވިފައިވާކަމަށެވެ. ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވާކަމަށެވެ. އަދި މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފައިކަމަށެވެ.

ފުލުހުން ވަނީ ޖިންސީކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް  އިލްތިމާސްކޮށްފައެވެ.

ރިސޯޓުގައި އަންހެން ކުއްޖާ ގަޔަށް އަތްލައި ރޭޕްކުރުމަށް މަސައްކަތް ކޮށްފައިވަނީ އެރިސޯޓުގެ އެފްއެންޑްބީ މެނޭޖަރ އަމިތް ނަމަކަށް ކިޔާ އިންޑިޔާ މީހެކެވެ. މިމީހާ ރާއްޖެއިން ފުރުވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒަފުންނަށްވެސް އޮޅުވާލައި، ސިއްރުންކަމަށް ރިސޯޓުގެ ބައެއް މުވައްޒިފުން ވަނީ މީގެ ކުރިން  ބުނެފައެވެ. އޭނާ ފުރައިގެން ގޮސްފައިވަނީ މިހާދިސާ ހިނގަދިޔަ ދުވަހުގެ ޖެހިގެން އައި ދުވަހުގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.