ރާއްޖެއިން އިތުރު 52 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 52 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 17 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކާއި ރިސޯޓުތަކުން 41 މީހުންނެވެ. މިއަދު ޕޮސިޓިވް ވި 52 މީހުންގެ ތެރެއިން 32 މީހުން ޕޮސިޓިވް ވެފައިވަނީ ބިޔާދޫ އައިލަންޑް ރިސޯޓުން. މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،040 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 41 މީހުންނެވެ. މިއަދަދާއެކު ޖުމްލަ 13،279 މީހުން މިހާތަނަށް ބަލިން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 705 އަށް އިތުރު ވެފައެވެ.
ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 41 ބަލިމީހަކަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،568 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 336،386 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 49 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ