ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޖަޕާން ސަފީރުކަމަށް އައްޔަން ކުރުމަށް ނަން ފޮނުވައިފި

ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޖަޕާން ސަފީރުކަމަށް އައްޔަން ކުރުމަށް ނަން ފޮނުވައިފި

Author
ހުސައިން
26 ނޮވެމްބަރ 2025 11:47
0

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ސަރުކާރުން ނަން ފޮނުވައިފިއެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިދިޔަ ޖުލައި މަހު ޖަޕާން ސަފީރުކަމުގެ މަގާމުގައި ހުންނެވި ހަސަން ސޯބިރު އަވަހާރަވުމުން އެ މަގާމު ހުސްވެފައިވާއިރު، މިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި މަހުލޫފް އެ މަގާމަށް ކަނޑައެޅުއްވުމުން ސަމާލުކަން ލިބިފައިވެއެވެ.

މަހުލޫފްއަކީ އެންމެ ފުރަތަމަ ޑީއާރުޕީގައި އުޅުއްވި ބޭފުޅެކެވެ. އެއަށްފަހު ޕީޕީއެމްއަށް ސޮއިކޮށް ޕީޕީއެމްގައިވެސް އޭނާ އުޅެފައި ވެއެވެ. 2018 ވަނަ އަހަރު އެމްޑީޕީއާ ގުޅުމަށްފަހު އެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން އޭނާ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.