ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފެއް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފި އެވެ. އުމުރުން 42 އަހަރުގެ މި މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބަލައިލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނިގެންނެވެ. އިންވެސްޓިގޭޓިވް އޮފިސަރު ކޯޓުގައި ވަނީ އޭނާގެ ޔޫރިން ޓެސްޓު ޓީއެޗްސީ އަށް ޕޮޒިޓިވް ވި ކަމަށް ފާހަގަކޮށްފަ އެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެ، މި މީހާ ވަނީ އޭނާ އެންޑީއޭގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ކަމަށާއި، ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ހާމަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ