ލ. ގަމުގައި 'މަގޭ ސާފު ރާއްޖެ' ގައުމީ ކޮންފަރެންސް ފަށައިފި

ލ. ގަމުގައި 'މަގޭ ސާފު ރާއްޖެ' ގައުމީ ކޮންފަރެންސް ފަށައިފި

Author
ހުސައިން
24 ނޮވެމްބަރ 2025 08:37
0

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ރަށްރަށުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ހާއްސަކޮށްގެން ރާވާފައިވާ 'މަގޭ ސާފު ރާއްޖެ 2025′ ގައުމީ ކޮންފަރެންސް މިއަދު ލ. ގަމުގައި ރަސްމީކޮށް ފަށައިފިއެވެ.

ޒޯން 2، 3 އަދި 4 އަށް ހާއްސަކޮށްގެން ބާއްވާ މި ދެދުވަހުގެ ކޮންފަރެންސްގެ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިންނާއި، ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ މަސްއޫލުވެރިން، ކުންފުނިތަކުގެ ތަމްސީލުކުރާ ފަރާތްތަކާއި، ތިމާވެށި ދާއިރާގެ ތަޖުރިބާކާރުން، ރަށްރަށުގެ ރައްޔިތުންގެ ތަމްސީލުކުރާ ފަރާތްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ސާފުތާހިރުކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރުމާއި، ކުނި މެނޭޖްކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކާއި، ކުރިއަށްއޮތް ތަނުގައި މި ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވޭނެކަމަށް ލަފާކޮށްފައެވެ. އަދި ރައްޔިތުންގެ މެދުގައި ތިމާވެށްޓަށް ހޭލުންތެރިކަން އިތުރުކޮށް، ސާފުތާހިރުކަމުގެ ސަގާފަތެއް އާލާކުރުމަށްވެސް މި ކޮންފަރެންސްގެ ތެރެއިން ވަނީ އަލިއަޅުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.