ކްލައިންޓުންނަށް ޑްރަގް ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ކްލައިންޓުންނަށް ޑްރަގް ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

Author
ހުސައިން
21 ނޮވެމްބަރ 2025 09:29
0

ފަރުވާ ހޯދަމުން ދިޔަ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕީއާރު މެންޓަރުގެ މަގާމުގައި ހުރި ފްލޮރިޑާ / ސ. ފޭދޫ، މުޙައްމަދު ފަސީޙް (51އ) އެވެ. މި މައްސަލަ އެންޑީއޭއިން ފުލުހުންނަށް ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެންޑީއޭގައި ފަރުވާ ހޯދަމުން ދިޔަ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ގެއްލި، މަސްތުވާތަކެތި ދީގެން ނަހަމަ ފައިދާ ނެގުމުގެ ތުހުމަތަކީ މި މައްސަލައިގައި އޮތް ތުހުމަތުތަކެވެ. ފަސީޙް ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.