އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުން 18 ރިސޯޓު ތަރައްގީކުރަން ބީލަމަށް

އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުން 18 ރިސޯޓު ތަރައްގީކުރަން ބީލަމަށް

Author
ޙަސަން މުޙައްމަދު
21 ނޮވެމްބަރ 2025 04:41
0

ރާއްޖޭގެ އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުތަކުގައި ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބީލަމަށް ހުޅުވާލީ ހއ، ހދ، ށ އަދި ލ. އަތޮޅުންނެވެ. އެގޮތުން ހއ. މާދުނި ފަރު 1، 2، 3 އަދި ކެލާ ފަޅު 1، 2 ހިމެނެ އެވެ. ހދ. އަތޮޅުން މަކުނުދޫ ފަރު 1، 2 އަދި މާފަރު ފަރު 1، 2، 3 ހިމެނެ އެވެ. ށ. އަތޮޅުން ގޮނާ ފަރު 1، 2، 3 ވެސް ބީލަމަށް ހުޅުވާލައިފި އެވެ. އެ ތަންތަނުގެ ސައިޒަކީ 156 ހެކްޓަރުން 200 ހެކްޓަރަށް ހުރި ސައިޒުތަކެކެވެ.

އޭގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުމަށް ހއ. ބީނާފުށި އަދި ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު 1، ށ. ފުރިފަރު އަދި ލ. ފޮނަގާދޫ ވެސް އިއުލާންކޮށްފައި ވެއެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 9 ޑިސެމްބަރު އަދި 6 ޖެނުއަރީގައި ވާޗުއަލްކޮށް ބާއްވާނެ އެވެ. ބީލަން ފޮތް ދޫކުރާނީ 23 ނޮވެމްބަރުން 2 ފެބްރުއަރީގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީންނެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ 3 ފެބްރުއަރީގެ ހެނދުނު 9 ޖަހާއިރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.