ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖްތަމައުން ވާ އިހްމާލަށް ބަދަލު އަންނާން ޖެހޭ: މެޑަމް ސާޖިދާ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖްތަމައުން ވާ އިހްމާލަށް ބަދަލު އަންނާން ޖެހޭ: މެޑަމް ސާޖިދާ

Author
ހުސައިން
20 ނޮވެމްބަރ 2025 01:02
0

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޖްތަމައުން އެކަށީގެންވާ ވަރަށް ގަދަރު ނުކުރާކަމަށާއި، އެކަން ބަދަލުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ހާއްސަ އެހީއަށް ބޭނުންވާ 40 މީހަކަށް ވަޒީފާ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ފާހަގަކުރެއްވީ އިންސާނުންގެ ތެރޭގައި ކޮންމެ މީހަކަށް ވެސް އެކި ގާބިލްކަމެއް ލިބިފައިވާކަމަށެވެ. ބައެއް މީހުން ދޫފަސޭހަ ވާހަކަދެއްކުންތެރިންނަމަ، ބައެއް މީހުން ކުޅަދާނަ ލިޔުންތެރިންނާއި ވިޔަފާރީގެ ދާއިރާއަށް ތޫނުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ވިދާޅުވީ ނުކުޅެދުންތެރިކަމުގެ ސިފަތަކެއް ހުރިހެން ހީވާ ބައެއް މީހުން ދުނިޔެއަށާއި ގައުމަށް ބޮޑެތި ބަދަލުތައް ގެނެސް ހިދުމަތްތެރިވެފައިވާކަމަށެވެ. އެފަދަ ފަރާތްތަކުގެ ތެރޭގައި ސައިންސްވެރިންނާއި މުޅި އިންސާނިއްޔަތަށް ބޮޑު މަންފާއެއް ފޯރުކޮށްދެއްވި މަޝްހޫރު ފަރާތްތަކެއް ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްނުދެވޭކަމަށާއި، މުޖްތަމައުގައި އެ ފަރާތްތަކާއިމެދު ދެކޭގޮތް ބަދަލުކުރުން މުހިންމުކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ. ކޮންމެ މީހަކީ ވެސް ކޮންމެވެސް ކަހަލަ ސިއްހީ މައްސަލައެއް ހުންނަ މީހެއްކަމަށާއި، އެހެންކަމުން އެންމެން ވާންވީ އެހެން މީހުންގެ ދަތިތަކާއި ވޭންތަކަށް އިހްތިރާމްކޮށް އިސްކަންދޭ ބަޔަކަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.