ދައުލަތުގެ ފާޓިލިޓީ ކެއާ ފަންޑުގެ ދަށުން އައިވީއެފް ފަރުވާއަށް އާސަންދަ ކަވަރޭޖު ހޯދުމުގެ ފުރުސަތު 50 ދެމަފިރިއަކަށް ހުޅުވާލައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ފުރުސަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް އާސަންދައިގެ ދަށުން މި ފަރުވާ ލިބޭނެކަމަށެވެ.
ނޮވެމްބަރު 20 އިން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ޕޯޓަލް މެދުވެރިކޮށް މި ފުރުސަތަށް އެދި ހުށަހެޅޭނެއެވެ. އައިވީއެފް އަދި އައިޔޫއައި ފަރުވާ ދިނުމުގެ ސިޔާސަތާ ބެހޭ ތަފްސީލު އެންސްޕާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާއިރު، މި ފަރުވާ ރާއްޖޭގައި ލިބެން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
ކޮމެންޓު ފޮނުވާ