ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

Author
ހުސައިން
17 ނޮވެމްބަރ 2025 04:12
0

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ސާބިތުވެ މަރުގެ އަދަބު ހުކުމްކޮށްފިއެވެ. ޑާކާގެ ކޯޓުން މި ހުކުމް އިއްވީ ހަސީނާގެ ޢައިރުހާޒިރުގައި ކުރިއަށްދިޔަ ޝަރީއަތުގައެވެ.

މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ބާރުގަދަކޮށް ހުއްޓުވުމުގައި ހަސީނާ ވަނީ މައިގަނޑު ދައުރެއް އަދާކުރައްވާފައެވެ. އެ ހަމަނުޖެހުންތަކުގައި 1،400 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އިންޑިއާގައި ހުންނެވި ހަސީނާ ވަނީ ކޯޓުގެ ނިންމުން ތަންކޮޅެއްވެސް ގަބޫލެއް ނުކުރައްވާ ކަމަށް ނެރުއްވި ބަޔާނުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ގޮތުން ނިންމާފައިވާ ހުކުމެއް ކަމަށާ، އަވާމީ ޕާޓީ ނައްތާލުމަށް ވަގުތީ ސަރުކާރުން ބޭނުންކުރާ އުކުޅެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.