ދޯންޏެއް އަޑިއަށްގޮސް ކަނޑުވި 3 މީހަކު ސަލާމަތްކޮށްފި

ދޯންޏެއް އަޑިއަށްގޮސް ކަނޑުވި 3 މީހަކު ސަލާމަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 02:14
0

މުދާ އުފުލާ ދޯންޏެއް އަޑިއަށްގޮސް ކަނޑުވި 3 މީހަކު ސަލާމަތްކޮށްފިއެވެ.

މުދާ އަރުވައިގެން ތިން މީހުންނާއިއެކު ރ.މީދޫ އަށް ދަތުރުކުރި ދޯންޏެއް މިއަދު 13:3 ކަން ހާއިރު ރ.ފިލާދޫ ކައިރިން ގިރިޔަކަށް އަރައި ދޯނީގެ ބޮޑު ބައެއް އަޑިއަށްގޮސް ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ފުލުހުން ވަނީ އެމީހުން ސަލާމާތް ކޮށްފައެވެ.

ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފައިވާ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯއިން މުދާ އުފުލާ ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. އަދި ދޯނި ފުން ކުރުމަށް ބަޔަކު ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.