މެމްބަރު ހުސެއިން ވަހީދުގެ ޞިއްޚީ ހާލުކޮޅު ދެރަވެ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަނީ

މެމްބަރު ހުސެއިން ވަހީދުގެ ޞިއްޚީ ހާލުކޮޅު ދެރަވެ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަނީ

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 02:24
0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ މެމްބަރު ހުސެއިން ވަހީދުގެ ޞިއްޚީ ހާލުކޮޅު ދެރަވެ ރާއްޖެއިން ބޭރުގައި ގެންދަނީވަނީ ފަރުވާ ހޯދަމުންނެވެ.

މެމްބަރު ހުސެއިން ވަހީދު ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ހުސެއިން ވަހީދު ފަރުވާ ހޯއްދަވަމުންދަނީ ދުބާއީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފަރުވާ ހޯއްދަވަމުންދަނީ ކެންސަރުގެ އާލާސްކަން ފުޅެއްގައިކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މެމްބަރު ހުސެއިން ވަހީދުގެ އާލާސްކަން ފުޅާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވެސްވަނީ އެމަނިކުފާނަށް އަވަސް ޝިފާއަށްކަށް އެދި ދުޢާކުރައްވާފައެވެ. އަދި ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ހުސެއިން ވަހީދަށް ހެޔޮދުއާކޮށް އަވަސް ޝިފާއަށް އެދި ދުޢާކުރަމުންނެވެ.

މެމްބަރު ހުސެއިން ވަހީދަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރެވެ. މިއީ އެމަނިކުފާނު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންތިޚާބުވި ދެވަނަ ދައުރެވެ. މަޑުމައިތިރި މިޒާޖެއްޖެ މެމްބަރު ހުސެއިން ވަހީދު އާލަސްކަން ފުޅާއި ގުޅިގެން ފަރުވާ ހޯއްދަވަމުންދިޔަ އިރުވެސް ނިމިދިޔަ އަހަރުގެ މަޖިލީހުގެ ބައެއް ޖަލްސާތަކަށް ވަނީ ހާޒިރުވެ ވަޑައިގެން މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.