އަންނަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ދޭ ހަދިޔާއަކީ މިފްކޯގެ ތެޔޮމަސް ދަޅު ކޭސް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ރޯދަ މަސް ފެށޭތީ، ރޯދަ ހަދިޔާ ބެހުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފައެވެ. މި ސިލްސިލާގެ ދަށުން އެކި ރަށްރަށުގެ ކައުންސިލްތަކުން ގޭބިސީތަކުގެ މައުލޫމާތު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް ވަނީ ހާމަ ކޮށްފައެވެ.
މިދިޔަ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް ދިނީ 48 ދަޅު ހިމެނޭ 100 ގްރާމްގެ މަސްދަޅު ކޭހެކެވެ. އެ ހަދިޔާ ދިނުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރީ 111.8 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ