މާލޭގެ މޭޔަރުކަަމަށް ނަޝީދުގެ ތާއީދު އަލީ އާޒިމްއަށް

މާލޭގެ މޭޔަރުކަަމަށް ނަޝީދުގެ ތާއީދު އަލީ އާޒިމްއަށް

Author
ހުސައިން
10 ނޮވެމްބަރ 2025 08:19
0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވަނީ އަލީ އާޒިމަށް ކަން އެމަނިކުފާނު އިއުލާނުކުރައްވައިފި އެވެ.

އަލީ އާޒިމަށް ތާއީދު ކުރައްވާ ކަން ނަޝީދު އިއުލާނުކުރެއްވީ އެކްސް އަދި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މޭޔަރުކަން ކާމިޔާބުކުރެއްވީ 44.8 ޕަސެންޓު ވޯޓު ހޯއްދަވައިގެންނެވެ. އޭނާ މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

އަލީ އާޒިމް އަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ހޮވުނު މެންބަރެކެވެ. ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމުގެ ތެރެއިން އޭނާ ޕާޓީން ވަކިކުރި އެވެ. އޭގެ ފަހުން އާޒިމް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެވެ. އެ ޕާޓީ ދޫކޮށް އަލުން އަނބުރާ އެމްޑީޕީއަށް އާޒިމް ސޮއިކުރެއްވީ މި އަހަރުގެ ޖެނުއަރީ 11 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.