އައްޑޫ ސިޓީ ހިތަދޫގެ ފިށިމަތި ހިއްކުމާ މެދު ނަޝީދުގެ ކަންބޮޑުވުން

އައްޑޫ ސިޓީ ހިތަދޫގެ ފިށިމަތި ހިއްކުމާ މެދު ނަޝީދުގެ ކަންބޮޑުވުން

Author
ހުސައިން
07 ނޮވެމްބަރ 2025 09:49
0

އައްޑޫ ސިޓީ ހިތަދޫގެ ފިށިމަތި ސަރަހައްދު ހިއްކައިގެން މަގު ހެދުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލައި ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ވެށި ހަލާކުކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި މަޝްރޫއަކީ އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން ހިތަދޫ ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަރުކާރުން ހިންގާ މަޝްރޫއެކެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި ފިށިމަތީގެ ސަރަހައްދަކީ ކުދި މަހާއި ކަކުނި އަދި ޑިނގާފަދަ ދިރުންތަކުގެ ނާސަރީއެއް ކަމުގައިވެއެވެ.

ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ތިމާވެށި ޕްރޮޖެކްޓް" ޖަމިއްޔާއިން ވަނީ މި މަޝްރޫއު ހުއްޓާލުމަށް އެދި ރައީސް ޑރ. މުއިއްޒަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ފިށިމަތީގެ ސަރަހައްދަކީ އައްޑޫގެ އެންމެ ދުވަސްވީ ހިމާޔަތްކޮށްފައިވާ ސަރަހައްދު ކަމުގައިވާ ނޭޗާ ޕާކުގެ ބަފަ ޒޯނެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، އެތަން ހިއްކުމާ ސްޓޭކްހޯލްޑަރުން ދެކޮޅު ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ގަވައިދާ ހިލާފަށް ކުނި ނައްތާލުމާއި ތަން ތަގައްޔަރުވުން ބާރުވެދާނެ ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.