އެފްއެސްއެމްގެ ފައިސާ ބަލައި ގަންނަ ޑެސްކު މުސްތަފާ ދައްކާލައިފި

އެފްއެސްއެމްގެ ފައިސާ ބަލައި ގަންނަ ޑެސްކު މުސްތަފާ ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 11:12
0

އެސްޓީއޯ އިން އެތެރެކޮށް ފިއުލްސަޕްލައި މޯލްޑިވްސް ވިއްކާ ތެލުމުގެ ވިޔަފާރީގެ މުޢާމަލާތް ކުރުމަށް ބޭނުންކުރާ ޑެސްކުތައް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ދައްކާލައިފިއެވެ.

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ޑީސަލް، އާއްމުކޮށް އިޢްލާނުކުރުމެއްނެތި، ފީފާއަކުން 110 ރުފިޔާ އަގުބޮޑުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މުސްތަފާ ކުރެއްވި ޓްވީޓުގައި ވަނީ އެފްއެސްއެމްއިން ފައިސާ ބަލައި ގަންނަ ޑެސްކު ދައްކާލާފައެވެ. މުސްތަފާ ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ފައިސާ ބަލައިގަންނައިރު ދޫކުރާ ސްލިޕްތަކާއި، ނޯޓް ކުރާ ފޮތާއި، ކޮޕީ ކަރުދާސް ހިމެނޭ ފޮތްތައްވެސް ފެންނަން ހުއްޓެވެ. އަދި އެމޭޒު ކައިރީގައި މީހަކު ފެންނަން ނެތަސް ޕަވާ ބޭންކަކަށް ފޯނެއް ޗާޖު ކުރަން ޖަހާފައިވާތަންވެސް ފޮޓޯއިން ފެނެއެވެ.

މުސްތަފާ ކޮށްފައިވާ މި ޓުވީޓުގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގަށް ބަދަލު ގާންނަނީސް އެއްވެސް އިއުލާނެއް ނުކޮށް ކުއްލި ކުއްލި އަކަށް ތެލުގެ އަގަށް ބަދަލު ގެނައުމަކީ ރައްޔިތުންގެ ޖީބު ހުސްކުރުމަށް ކުރާ ކަމެއް ކަމުގައެވެ. އަދި ދުރާލައި ރޭވިގެން ހިންގާ ބޮޑު ވައްކަމެއްގެ ގޮތުގައި މުސްތަފާ ވަނީ ސިފަ ކުރައްވާފާއެވެ.

ރާއްޖޭގަ ދުވާލަކަށް 8000 ފީފާ ވިއްކޭ މާނައަކީ ފީފާއަކަށް 110 ރުފިޔާ ވީމާ ތެލުގެ އަގުން އެކަނި ދުވާލަކަށް -/880,880 މަހަކަށް 26 މިލިޔަން ލިބޭ. އިއުލާން ނުކޮށް މި ގޮތަށް ވިއްކުމަކީ ބޮޑު ވައްކަމެއް. މަނާކަމެއް. އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ރައްޔިތުންގެ ރައްޔިތުންގެ ހަން ދަމާލަނީ.

– މުސްތަފާ ވިދާޅުވިއެވެ.

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ޑީސަލް، އާއްމުކޮށް އިޢުލާނުކުރުމެއްނެތި، އަގު ބޮޑު ކޮށްފައިވާތީ މިކަމުގެ ނުރުހުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ފާޅު ކުރައްވާފައެވެ.

ރާއްޖޭގައި އާންމު އުސޫލުން ތެލުގެ އަގަށް ބަދަލު އަންނަނީ ރާއްޖެއަށް ތެޔޮ އެތެރެ ކުރާ ޤައުމުގަތަކުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. ދުނިޔޭގެ ބާޒާރުގައި މިދުވަސްވަރުގެ ތަލުގެ އަގަށް އެއްވެސް ބަދަލެއް ނާންނައިރު، ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތެލުގެ ބޭނުން އެންމެބޮޑަށް ޖެހޭ މަސްވެރިންނަށް ލިބޭ އާމްދަނީ ކުޑަވެ، ލިބޭ އާމްދަނީއަށް ވުރެ ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ ގިނަ މަސްވެރިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ބަލަ ޔާމީނު ސަރުކާރުގައި ވެސް ތިބީ ވަގުން.....ދެ ފިކުރުވެސް ފަކުރު.....ބޭނުމީ ތިންވަނަ ފިކުރެއް.