އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ޑީސަލް، އާއްމުކޮށް އިޢުލާނުކުރުމެއްނެތި، އަގު ބޮޑު ކޮށްފައިވާތީ މިކަމުގެ ނުރުހުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފާޅު ކުރައްވައިފިއެވެ.
އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ޑީސަލް، އާއްމުކޮށް އިޢްލާނުކުރުމެއްނެތި، ފީފާއަކުން 110 ރުފިޔާ އަގުބޮޑުކުރުމާއި ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ އާންމު އިއުލާނެއް ކުރުމެއްނެތި، ދުނިޔޭގެ ބާޒާރަށް ތެލުގެ އަގަށް ބަދަލެއް ނާންނަނީވެސް ކުއްލި އަކަށް ތެލުގެ އަގަށް ބަދަލު ގެނައުމަކީ އާންމ އުސޫލުން މިނެކިރުމާއި ވިޔަފާރީގެ އަޚުލާޤާއިވެސް ޚިލާފު ކަމެއްކަމަށެވެ.
އެސްޓީއޯއިން އެތެކުރާ ތެޔޮ ފިޔުލް ސަޕްލައި މެދުރިކޮށް ކުއްލި ކުއްލިއަށް ދުނިޔޭގެ ތެލުގެ ބާޒާރާ ގުޅުމެއްނެތި އިއުލާނު ވެސް ނުކޮށް ތެޔޮ އަގުބޮޑު ކުރުމަކީ މިނެކިރުމާއި ވިޔަފާރީ ގެ އަހުލާގާއި ހިލާފު އަމަލެކެވެ.! ބޭހާ ކާޑާ ތެލަކީ އެޔާއިނުލާ ދިރި ނޫޅެވޭނޭ އަސީސީ މުދަލެކެވެ.!
– ބޮންޑޭ ވިދާޅުވިއެވެ.
ފިއުލް ސަޕްލައި އިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 8000 އެއްހާ ފީފާގެ ތެޔޮވިއްކައެވެ. ތެލުގެ އަގަށް މިގެނައި ބަލަދާއިއެކު މިކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތަކުން އަދި ވަކި އެއްޗެއް ވިދާޅޅުވެފައި ނުވެއެވެ.
ރާއްޖޭގައި އާންމު އުސޫލުން ތެލުގެ އަގަށް ބަދަލު އަންނަނީ ރާއްޖެއަށް ތެޔޮ އެތެރެ ކުރާ ޤައުމުގަތަކުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. ދުނިޔޭގެ ބާޒާރުގައި މިދުވަސްވަރުގެ ތަލުގެ އަގަށް އެއްވެސް ބަދަލެއް ނާންނައިރު، ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތެލުގެ ބޭނުން އެންމެބޮޑަށް ޖެހޭ މަސްވެރިންނަށް ލިބޭ އާމްދަނީ ކުޑަވެ، ލިބޭ އާމްދަނީއަށް ވުރެ ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ ގިނަ މަސްވެރިން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ