މުއިއްޒު، އާދަމް ޝަރީފަށް: ނާސިރު ކުރި ކުށަކާއި ގުޅިގެން މުދާ ނަގާފައިނުވޭ

މުއިއްޒު، އާދަމް ޝަރީފަށް: ނާސިރު ކުރި ކުށަކާއި ގުޅިގެން މުދާ ނަގާފައިނުވޭ

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 10:37
0

ކުރީގެ ރައީސް މަރުޚޫމް އިބްރާހިމް ނާސިރުގެ މުދާތައް ދައްލަތަށް ނަގާފައިވަނީ އެމަނިކުފާ ނުކުރެއްވި ކުށަކާއި ގުޅިގެން ނޫންކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާތީ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. މުއިއްޒު ވިދާޅުވީ މަރުޚޫމް އިބްރާހިމް ނާސިރުގެ މުދާތައް ދައުލަތަށް ނަގާފައިވަނީ ދައުލަތަށް ބޭނުން ވެގެން އޭގެ ބަދަލުވެސް ދިނުމަށް ފަހުގައި ކަމަށެވެ. އެމަނިކުފާނު ކުރެއްވި ކުށަކާއި ގުޅިގެން މުދާ ނަގައި ހަދާފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ނާސިރުގެ މުދާ ދައުލަތަށް "ބޭނުންވެގެން" "ބަދަލު" ދީފަ ނެގީ. ކުރި ކުށަކާއި ގުޅިގެން މުދާ ނަގާފައިއެއް ނުވޭ.

– އަހުމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މުދާތައް ދައުލަތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިއީ ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ ކަމެއްކަމަށެވެ. ކުރީގެ ރައީސް ނާސިރުގެ މުދާތައްވެސް ދައުލަތަށް ނަގައި ހިންގެވި އަަމަލުތަކުގެ ސަބަބުން ދައުލަތަށް ވީ ފައިދާއެއް ނުވަތަ ރައްޔިތުންނަށް ހާސިލް ކުރެވުނު ކަމެއް ނެތްއިރު، މިއަދުވެސް މަސައްކަތް ކުރަމުންދަނީ ހަމަ އެބީދައިން ބަދަލު ހިފައި އެކްޓިވިސްޓުން ރުއްސުމުގެ މަސައްކަތެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަރުހޫމް ނާސިރުގެ މުދާވެސް ސަރުކާރަށް ނެގި! ޤައުމަށްވީ ފައިދާއެއް، ރައްޔިތުންނަށް ހާސިލް ކުރެވުނު އެއް ކަމެއްވެސް ނެތް. ރައީސް ޔާމީން އާއި މެދު އަމަލު ކުރަމުންދަނީ ނާސިރުއާއި މެދު އަމަލުކުރި ގޮތަށް! ބަދަލު ހިފަނީ ސަރުކާރު ބަލިކަށިވާތީ އެކްޓިވިސްޓުން ރުއްސަން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމުގަ އެވެ. އެ ދެ ދައުވާތައް އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

އެގޮތުން ރިޝްވަތުގެ ދައުވާ އުފުލާފައި ވަނީ ކްރިކް އަހްމަދު ރިޒާއަށް ފުއްގިރި ކުއްޔަށް ދިނުމުގައި ދެ ދުވަހެއްގެ މަތިން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އޭގެ ތެރެއިން 1.1 މިލިއަން، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައި ވާތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
އާދަމް ޝަރީފު މެންނަކީ ކުޑަކުދިން......ވައްކަންކުރި ކަން އެނގިހުރެ ތިކިޔަނީ ޔާމީނު ދޫކުރޭ..........! އެއީ މަހާ ބޮޑު ވަގެއް.....ދެން ތިކިޔަނީ ޖަމީލުއޭ ވެރިކަން ދޭނަމޭ އަންނާށޭ ޕާޓީގަ ހުރެގެން ގޮވާ ދޭށޭ ޔާމީނަކީ ވަގެއް ނޫނޭ ދޫކުރާށޭ. މަސައްކަތް ކޮށްގެން ދޫ ކޮށް އަނެއްކާ ވެސް ވެރިކަން ލިބުނީމާ ކޮންމެވެސް ތަނަކުން ވަޒީފާއެއް ދޭނެ. އެވެސް ބާރުތައް އަތުލާފަ.......މިހާރަކު ދެން ޔާމީނު.....އަންނި އަށް ރައްޔިތުން ސަލާމް.ރައްޔިތުން ބޭނުމީ ތިންވަނަ ފިކުރެއް.
ޢ ޢަލީ
ޢަލީ އަދި ތަސައްރަފުނުފުދޭ! ވައްކަން ކުރީ ޢަލީ. ވައްކަން ކޮށްފަ ނެގި ފައިސާ މާލިމީ އެކައުންޓަށް ޖަމާ ކުރީ ނުވަތަ މާލިމީ ބޯއަޅާ ބާލީސް ދަށަށް ލީ ހަމަ ޢަލީ! އެއީ ހިންދީ ފިލްމީ މަންޒަރެއް!