މައުމޫން ދޮންނަމެޝިނެއްގެ ތެރޭ ފިއްލެވިކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި 

މައުމޫން ދޮންނަމެޝިނެއްގެ ތެރޭ ފިއްލެވިކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި 

Author
އަހުމަދު
05 ނޮވެމްބަރ 2025 08:26
0

ނޮވެމްބަރު ތިނެއްގައި ރައީސް މައުމޫން ދޮންނަ މެޝިނެއްގެ ފޮށިގަނޑުތެރޭގައި ފިއްލެވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކައަކީ އަސްލެއް ނެތް ދޮގު ބުހުތާނެއް ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަށް ނަޞްރުގެ ދުވަހުގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވުމުން މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ދެއްވި ރައްދެއްގައި އޭނާ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ސިފައިންގެ މަރުކަޒު ސަލާމަތް ކުރެވުނީ ރައީސް މައުމޫން 1978 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިންނަށް ހިލޭ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެއްވުމުން ކަމަށެވެ. ފަތިހުގެ އެ ބިރުވެރި ވަގުތު ރައީސް މައުމޫން ފަތިހު ފަހެއް ޖެހިއިރުއްސުރެ ހައެއް ޖަހަންދެން ހަތިޔާރާއެކު ހުންނެވި ކަމަށާއި، އޭރު ތުއްޕުޅު ޣައްސާން އާއި އަނބިކަނބަލުންނާއެކު ތީމުގެއިން ނިކުމެވަޑައިގަތީ ހިތްވަރުފުޅު ގަދަވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ބޭފުޅަކާ ބެހޭގޮތުން މިފަދަ ހައްސާސް ކަމެއްގައި އަސްލެއް ނެތް ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.