އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައިވާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް ޖަލީލްގެ މައްޗަށް ކުރެވިފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ހުކުމް މިއަދު އިއްވަން ނިންމާއިފިއެވެ.
ޚިޔާނާތުގެ ދައުވާ ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ ބައްސާމްގެ މައްޗަށް މިއަދު މަނީ ލޯންޑްރިންގެ ކުށުގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވަފާނެ ކަމަށް ލަފާކުރެވެއެވެ. މަނީ ލޯންޑްރިންގެ ކުށުގައި ގާނޫނުން ކަނޑައަޅާފައިވާ އަދަބަކީ 100،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރުން އެހެން މައްސަލަތައްވެސް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ