މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތިޖާ: ފޭދޫ ބޭނުންވަނީ ވަކި ނުވާން، ހުޅުދޫ ބޭނުންވަނީ ވަކި ކައުންސިލެއް އޮންނަން

މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތިޖާ: ފޭދޫ ބޭނުންވަނީ ވަކި ނުވާން، ހުޅުދޫ ބޭނުންވަނީ ވަކި ކައުންސިލެއް އޮންނަން

Author
އަހުމަދު
25 އޮކްޓޯބަރ 2025 05:12
0

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތާ ބެހޭ ގޮތުން މިއަދު ނެގި ވޯޓުގެ މިހާތަނަށް ގުނުނު ވޯޓުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ހުޅުދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށަށް ވަކި ކައުންސިލެއް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ ރައްޔިތުން ވޯޓު ދީފައިވަނީ ވަކި ކައުންސިލެއް އުފެއްދުމަށް ނުފެންނަ ކަމަށެވެ.

މާލޭގައި ހުންނަ ކަލާފާނު ސްކޫލްގައި ބެހެއްޓި އެސްޓީއާރު 3.3 ވޯޓު ފޮށި ގުނުމުން ދައްކާ ގޮތުން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް 39 މީހުން ވޯޓުދީފައިވާއިރު، ވަކި ކައުންސިލެއް ނުބޭނުންކަމަށް 146 މީހުން ވޯޓު ދީފައިވެއެވެ. މިއީ ފޭދޫ ރައްޔިތުންގެ އަޣުލަބިއްޔަތު ވަކި ކައުންސިލަކަށް ދެކޮޅު ކަމަށް ވާއިރު، ހުޅުދޫ ރައްޔިތުން އެކަމަށް ތާއީދުކުރާ ކަން މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.