އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ކުރިއަށް ދިޔަ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ހެނދުނު 8:00 ޖަހަން ފެށި މި ވޯޓުލުމަށް މިއަދު މެންދުރުފަހު 4:00 ޖަހާއިރަށް ގިނަ ވޯޓު ފޮށިތަކުގެ ކިޔޫތައް ބަންދުކޮށްފައިވާކަމަށް އީސީން ހާމަކުރެއެވެ.
އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ކައިރިވުމުން 3:00 ޖެހުމަށްފަހު ވެސް ވޯޓު ކިޔޫތައް ދިގުކޮށް ދެމިގެންދިޔަ ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ މީހުން ވޯޓުލާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންދުރުފަހު 3:00 ޖެހުމާ ހަމައަށް 3،410 މީހުން ވޯޓުލާފައިވާކަން އީސީން ހާމަކުރިއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 35 އިންސައްތައެވެ. ވޯޓު ގުނަން ފަށާފައިވާއިރު ދޮޅު ގަޑިއިރުތެރޭ ވަގުތީ ނަތީޖާތައް ލިބޭނެ ކަމަށް އީސީން ބުނެފިއެވެ.
ކޮމެންޓު ފޮނުވާ