ތައިލޭންޑްގެ ކުރީގެ ރާނީ ސްރިކިތު އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

ތައިލޭންޑްގެ ކުރީގެ ރާނީ ސްރިކިތު އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

Author
ހުސައިން
25 އޮކްޓޯބަރ 2025 08:18
0

ތައިލޭންޑްގެ ކުރީގެ ރާނީ ސްރިކިތު 93 އަހަރުގެ ޢުމުރުފުޅެއްގައި ރޭގެ ވަގުތެއްގައި ހޮސްޕިޓަލްގައި އަވަހާރަވެއްޖެ އެވެ. އެ ގައުމުގެ ޝާހީ އާއިލާއިން މިކަން އިއުލާން ކުރުމާ އެކު ތައިލޭންޑްގެ ރައްޔިތުން މިހާރު ދަނީ ހިތާމަ ފާޅޫކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ސްރިކިތަކީ މިހާރުގެ ރަސްގެފާނު ވިޖިރާލޮންކޯން، 73، ގެ މަންމާފުޅުގެ ޙައިޘިއްޔަތުން ތައިލޭންޑް ރައްޔިތުންގެ ހިތްތަކުގައި ޚާއްޞަ ގަދަރެއް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަނާއަކީ 2016 ގައި އަވަހާރަވި ތައިލޭންޑްގެ އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ބުމިބޯލް އަދުލްދަޔޭޖްގެ އަނބިކަމުންނެވެ. 70 އަހަރު ރަސްކަން ކުރެއްވި ރަސްގެފާނާ އެކީ އެކަމަނާ ދެކެވަޑައިގެންނެވި ވަފާތެރިކަމާއި ޚިދުމަތަކީ ތައިލޭންޑް ރައްޔިތުން އަބަދަށް ހަނދާންކުރާނެ ކަމެކެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި 2019 ގެ ފަހުން އެކަމަނާގެ ޞިއްޙަތަށް ތަފާތު މައްސަލަތައް ކުރިމަތިވެފައިވެ އެވެ. 2012 ގައި ސްޓްރޯކެއް ޖެހިވަޑައިގަތުމަށްފަހު، 2019 ގައި ލޭގެ އިންފެކްޝަނެއް ވެސް ޖެހިވަޑައިގަތެވެ. އެކަމަނާ އަވަހާރަވުމާ އެކު މުޅި ގައުމު މިހާރު އަންނަނީ ހިތާމައިގައި ޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.