މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
25 އޮކްޓޯބަރ 2025 08:04
0

މަކަރާއި ހީލަތުގެ ތުހުމަތުގައި މާލޭން އަންހެނަކު ހައްޔަރުކޮށް ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ. ހައްޔަރުކުރީ މ. ތަރިވިލާ، ފާތިމަތު އަހްމަދެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތުގެ އިތުރުން، ހުއްދަ ނެތި ހިދުމަތް ހޯދުމާއި މުދަލަކުން ހުއްދަ ނެތި ބޭނުން ކުރުން ހިމެނެއެވެ. މި ތުހުމަތުތަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން، އަދި ބަންދު މުއްދަތު ޖަހާފައިވާއިރު، މިއީ މީގެ ކުރިންވެސް ޖިނާއީ މައްސަލައެއްގައި ހިމެނިފައިވާ މީހެއްކަން ރެކޯޑުން ހާމަވެއެވެ. އޭނާ ކުރިން ކުޑަކުއްޖަކަށް ބަލަހައްޓަން ޒިންމާވާން ޖެހޭ ފަރާތަކަށްވެ، އެ ކުއްޖާގެ ސިއްހަތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރަން އިއުލާންވެސް ކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.