ހިތަދޫގައި ނިޔާވެފައި ވަނިކޮށް ފެނުނު ދެމަފިރިންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު

ހިތަދޫގައި ނިޔާވެފައި ވަނިކޮށް ފެނުނު ދެމަފިރިންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށްފަހު

Author
ހުސައިން
24 އޮކްޓޯބަރ 2025 10:41
0

އައްޑޫ ހިތަދޫގައި ނިޔާވެފައި ފެނުނު ދެމަފިރިންގެ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އާއިލާއިން ހާމަކޮށްފިއެވެ. މި މަހުގެ 22 ވަނަ ދުވަހު ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގެ ގެއެއްގައި ހިތަދޫ ކްރޭނުގޭ އިބްރާހިމް އަބްދުﷲ (60އ) އާއި މަރަދޫ ނާރެސް ފަރަހްނާޒް ރަޝީދު (52އ) ނިޔާވެފައި އޮއްވާ ފެނިފައިވެއެވެ.

އާއިލާގެ އެދުމަށް ޕޯސްޓްމޯޓަމް ނުހަދަން ނިންމާފައިވާއިރު، ދެ ހަށިގަނޑުވެސް އާއިލާ އާއި ހަވާލުކޮށްފައިވެއެވެ. އިބްރާހިމް އަބްދުﷲގެ ކަށުނަމާދު ހިތަދޫ ހުސައިން މޫސާ މިސްކިތުގައި ކުރުމަށް ހަމަޖެހިފައިވާއިރު، ފަރަހްނާޒް ރަޝީދުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ ބުރުޒު މިސްކިތުގައެވެ. އާއިލާގެ މީހަކު ވިދާޅުވީ މި ކުއްލި ވަކިވުމުން ފުން ހިތާމަޔެއް ލިބިފައިވާކަމަށާއި މަރުގައި ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަނުކުރެވޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.