އެމްޕީއެލް ގައި ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވި ވީހާ ސަލާމަތްކޮށް، އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެން ގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިރޭ އެމްޕީއެލްތެރޭގައި ހިނގި ނުރައްކާތެރި ހާދިސާގައި ބިއްލޫރި ޕެލެޓެއް އަރިއަޅާލައިގެން ވެއްޓުނު ވަގުތު އެމަސައްކަތުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން އެކަކު ތާށިވެ އަނެކަމަށް އެކިވަރުގެ އަނިޔާ ވުމާއި ގުޅިގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެން ގޮސްފައިވާކަމުގައެވެ. މިހާދިސާފައި ޕެލެޓްގައި ތާށިވިމީހާވެސް މިހާރު ސަލާމްތަކޮށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމުގައެވެ.
މިހާދިސާއާއި ގުޅިގެން އެމްޕީއެލްތެރޭގައި އެމްއެންޑީއެފްއިން މިހާރުވެސް ހަރަކާތްތެރި ވަމުންދާއިރު، އެމްޕީއެލްގައި މަސައްކަތުގައި ތިބި ގިނަ މީހުންވެސް މިވަގުތު ތިބީ އެސަރަހައްދަށް ޖަމާވެފައެވެ.
ކޮމެންޓު ފޮނުވާ