60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހޭދަވީ 4.1 މިލިއަން ރުފިޔާ

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހޭދަވީ 4.1 މިލިއަން ރުފިޔާ

Author
އަހުމަދު
01 ޖުލައި 2026 10:25
0

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ބޭއްވި ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. ވަޒީރު ވިދާޅުވީ މިނިވަން ދުވަހާ ގުޅުވައިގެން އެ ވުޒާރާއިން ހިންގި ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މިފަދަ ހަރަކާތެއް ހިންގާފައި ނުވާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއާއި ހުޅުމާލޭގައި ވަނީ ކުލަގަދަ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެ ތެރޭގައި ސިފައިންނާއި ކެޑޭޓުންގެ ޕެރޭޑާއި، ސްކޫލު ކުދިންގެ އައިޓަމްތަކާއި، ސަގާފީ ކުޅިވަރުތަކުގެ އިތުރުން ފުޅަނދުބުރު ހިމެނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.