ފަރުޝަތުގެ ނަން މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ކޮމިޓީން ފާސްކޮށްފި

ފަރުޝަތުގެ ނަން މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
23 އޮކްޓޯބަރ 2025 08:43
0

މޯލްޑިވްސް މީޑިއާ އެންڑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ފަރުޝަތުގެ ނަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު ފަރުޝަތަކީ މަޖިލީހުން މީޑިއާ ކޮމިޝަނަށް އައްޔަން ކުރި ތިން މެންބަރުންގެ ތެރެއިން މެންބަރެކެވެ. މީޑިއާ ކޮމިޝަނުގައި މިހާރު ތިއްބަވަނީ މަޖިލީހުން އައްޔަން ކުރި ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން އިންތިޚާބު ކުރި ހަތަރު މެންބަރުންނެވެ.

ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރީ ކޮމިޝަންގެ ހަތް މެންބަރުންނާވެސް އިންޓަވިއު ކުރުމަށްފަހުއެވެ. ނަމަވެސް ރައީސްގެ މަގާމަށް ފަރުޝަތު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި ފާސްކުރަންޖެހެއެވެ. މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އައްޔަން ކުރާ ބޭފުޅެކެވެ. މީޑިއާ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް އަމަލު ކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި ނޫސްވެރިންނާ ގުޅޭ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.