އެމްޕީއެލް ގައި ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:45 ގައި ކަމަށެވެ. އެމްއެންޑީއެފްއިން އެމްޕީއެލް ސަރަހައްދުގައި އަރިއަޅާލައިގެން ވެއްޓުނު ބިއްލޫރި ޕެލެޓެއްގެ ތެރޭގައި ތާށިވި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާދިސާގައި އެކި ވަރުގެ އަނިޔާލިބިގެން މިހާރުވެސް ދެމީހަކު ވަނީ ހޮސްޕިޓަލަށް ގެން ގޮސްފައެވެ.

ކޮންޓައިނާ ތެރޭގައި ހުރި ބިއްލޫރި ޕެލެޓު އަރިއަޅާލައިގެން އެކަކު ތާށިވެފައިވާއިރު، އޭނާ ސަލާމަތް ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ކޮންޓައިނާގެ ބޭރި ކަފާލައިގެން މީހާ ސަލާމަތް ކުރެވޭތޯކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ތާށިވި މީހާ ސަލާމަތްކޮށް އިތުރު ފަރުވާއަށްމިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ